ދިވެހި ރާއްޖޭގެ އަޑު އަކީ ދިވެހި ރާއްޖޭގެ ޤައުމީ ރޭޑިޔޯ ޚިދުމަތެވެ. މި ޚިދުމަތް ފެށުނީ 1962 ވަނަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހު «މާލެ ރޭޑިޔޯ» ގެ ނަމުގައެވެ. މި ޗެނަލް މިޑިއަމް ވޭވް 1449 ކިލޯހާޓްޒް އާއި އެފް.އެމް 89.0 މެގަހާޓްޒް އިން އަޑުއިވެއެވެ. ރާއްޖޭގެ 90 އިންސައްތަ ސަރަޙައްދަށް ވާޞިލް ވާ މި ޚިދުމަތުން 24 ގަޑިއިރު ދިވެހި ބަހުން ޙަބަރާއި ޘަޤާފީ ޕްރޮގްރާމްތައް ލިބެއެވެ.