ދިވެހި ރާއްޖޭގެ އަޑު އަކީ 1962 ވަނަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހު ފެށި ޤައުމީ ރޭޑިޔޯ ޚިދުމަތެކެވެ. އޭރު މި ޚިދުމަތަށް ކިޔަނީ «މާލެ ރޭޑިޔޯ» އެވެ. މިއަދު މި ޗެނަލުން މިޑިއަމް ވޭވް 1449 ކިލޯހާޓްޒް އާއި އެފް.އެމް 89.0 މެގަހާޓްޒް އިން 24 ގަޑިއިރު ޙަބަރާއި ވާހަކައާއި ޘަޤާފީ ޕްރޮގްރާމްތައް ދެއެވެ.